ތިރީގައިވާ 5 ޅެންބައިތުގެ ޖުމްލަމާނަ ލިޔާށެވެ
ޚަރަދުކުރުމުގައި އިޤްތިޞާދު ކުރުން
މާދަމާ ޖެހިދާނެ ކަމަކަށް އަބަދުވެސް ރައްކާކުރޭ
އާދައެއް މީ ހާދަ މޮޅު ހަރުލައިފިނަމަ ފައިދާ ކުރޭ
މިންވަރަށް ހޯދޭ ތިމާއަށް އާމްދަނީ ވިސްނާބަލާ
ފެންވަރެއް ދިރިއުޅުމުގާ ޖެހިދާ ދެކޮޅު ޤާއިމްކުރޭ
އެންމެ ފުރަތަމަ ޚަރަދު އިސްކޮށް ހުސްވެ އަތްމަތިދާނެހެން
ފެންނަހާ ބާވަތްތަކަށް ބޭނުން ތިމާނުވެ ކެތްކުރޭ
ރޭރުނުވެ ފެނިފާ މިވާ މުދަލާއި ޒީނަތްތެރި ކަމަށް
މޭރުމުން ވާ އިޤްތިޞާދީ ރީތި ހަމަތައް ދަސްކުރޭ
ހެއްލިދާނަމަ ޒީނަތާ ދުނިޔޭގެ މުއްސަނދި ކުލަވަރަށް
ގެއްލި އުފަލާ ހަމަޖެހުން އާބަދާއަބަދު ފިކުރުންފުރޭ
Subscribe to:
Post Comments (Atom)
No comments:
Post a Comment