ނޭނގުމަށްވުރެ ވަކީން ދެރަކަމެއް ހަމަނެތޭ
އޭގެ ގެއްލުމުގެ ހައްދެއް ހިސާބެއްނެތޭ

Friday, May 7, 2010

މިހިރީއެ ޙާލަކީ އުޅޭ........................................


އެހީއެއް ވެދީ.......................
ޝިޒާންއަށް މިފަދަ ދުވަހެއް ކުރިމަތިވެދާނެކަމަށް އޭނާގެ ގާތްތިމާގެ މީހެއް ކީއްކުރަން ހެއްޔެވެ، ޝިޒާންވެސް ހިއެއްނުކުރަމެވެ. ނަމަވެސް ތަޤުދީރުގައި ލިޔެވިފައިވާގޮތް ބަދަލުކުރުމުގެ ބާރު އެކަކަށްވެސް ލިބިފައެއްނެތެވެ. ޝިޒާންގެ ޢުމުރުގެ ފުރަތަމަ 6 އަހަރު އަހަރެން ވޭތިކުރީ މަންމައާއި ބައްޕަގެ ލޯބި ފުރިހަމައަށް ލިބިގެންނެވެ. އޭރު އެއާއިލާގެ ދިރުމަކީ އޭނާއެވެ. އެންމެންގެ ހިތުގެ ފިނިކަމަކީ އޭނާއެވެ. ނަމަވެސް........................މަންމަ އާއި ބައްޕަ ވަކިވެގެން ދިއުމަށްފަހު މިހާރު އޭނާއަށް އުޅެންޖެހިފައިއެވަނީ ކޮންކަހަލަ ދިރިއުޅުމެއް ހެއްޔެވެ؟ ދޮންމަންމަގެ އަނިޔާތަކަށް މިއަދު އޭނާކެތްކުރަމުން އެދަނީ އެކަމަށް މަޖުބޫރުވެގެންނެވެ. ދޮންމަންމަ އޭނާގެ ހުރިހާ އުފާތަކެއް ނިގުޅައިގަނެފިއެވެ. ދުނިޔެ މަތީގައި އޭނާއަށް ލިބެމުންދިޔަ ހަމައެކަނި އުފާ ކަމުގައި އޭނާދެކޭ، އޭނާގެ ބައްޕަގެ ލޯބިންވެސް މަޙުރޫމުކޮށްފިއެވެ. ދޮންމަންމަގެ އަޅަކަށް އޭނާ ހަދައިފިއެވެ.
( ނޯޓް: ޝިޒާން ދިރިއުޅެމުންދަނީ ކ.މާފުށީ ފެންފިޔާޒްގޭގައެވެ. ޝިޒާންގެ މަންމަގެ އެޑްރެހަކީ ނޫކޮކާގެ، ކ.މާފުށީ އެވެ. )
ކުރަންވީ މަސައްކަތް:
ތިޔަ ދަރިވަރަކީ ޝިޒާން ކަމަށް ދެކިގެން، އޭނާ މިހާރު އުޅޭ ހާލު ބަޔާންކޮށް އޭނާގެ މަންމައަށް ލިޔާ ސިޓީއެއް ލިޔެދޭށެވެ.
މަސައްކަތް ކުރަންވީގޮތް:
ތިޔަ ދަރިވަރު ލިޔާ ސިޓީގައި ތިރީގައި މިވާ ނުކުތާތަކަށް އަލިއަޅުވާލާށެވެ. ( ސިޓީގެ ދިގުމިން 16 ފޮޅުވަތަށްވުރެ ދިގު ނުކުރާށެވެ. )
- މަންމަ ދިޔަފަހުން ޝިޒާންއަށް އުޅެންޖެހިފައިވާ ޙާލު
- ގޭތެރޭގެ ކަންތައްތައް ހުންނަ ގޮތް
- ކިޔެވުމަށް ސަމާލުކަންދެވޭ މިންވަރު އަދި ކިޔެވުމުގެ ކަންތައްތައް ހުންނަގޮތް
- ދޮންމަންމަގެ ދަރިންނާއި ޝިޒާންއާއި ތަފާތުކުރުންތަކެއް ގެންގުޅޭކަން
- މަންމަގާތަށް އެނބުރި ދިއުމަށް ބޭނުންވާވާހަކަ

No comments:

Post a Comment